މުހައްމަދު ތަސްނީމް (ބޮބް) މޯލްޑިވިއަން އައިޑޮލް ކާމިޔާބުކޮށްފި

ދަައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީ މޯލްޑިވްސް އިން ގެނެސްދެމުން އަންނަ މޯލްޑިވިއަން އައިޑޮލް ގެ ދަވަނަ ސީޒަން އިން މޯލްޑިވިއަން އައިޑޮލް އަކަށް މުހައްމަދު ތަސްނީމް (ބޮބް) ހޮވަައިފި އެވެ. ބޮބްއަށް މި ޓައިޓަލް ލިބިފައިވަނީ އިއްޔެރޭ އޭނާ ހުށަހަޅައިދިން ދެ ލަވައަށް ޖަޖުންގެ ފަރާތުން ލިބުނު މާކްސް އާއި ސަޕޯޓަރުން ކުރި އެސްއެމްއެސް ވޯޓާ އެއްކޮށްލުމުން އެންމެ މަތީ މާކްސް ލިބިގެންނެވެ.

ދެވަނަ އައިޑޮލްއަށްވުމަށް ކ. މާފުއްޓަށް އުފަން 21 އަހަރުގެ ލަވަކިޔުންތެރިޔާ ބޮބް އާއި ވާދަކޮށްފައިވަނީ ހަމޫދު އަހްމަދާއި ޝަމްވީލް މުހައްމަދެވެ. އޭގެ ތެރެއިން ދެވަނަ ހާސިލުކޮށްފައިވަނީ ހަމޫދެވެ.

އެއްވަނައަށް ހޮވުނު ބޮބްއަށް ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ބޮބްއަށް އެ އިނާމް ހަވާލުކުރީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ސްޕޮންސަކޮށްފައިވާ މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންނަށް ވަނީ ޖުމްލަ 5.8 މިލިއަން ރުފިޔާގެ އިނާމް ލިބިފަ އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ