ކެބިން ކްރޫ އަކަށް ވާން ބޭނުންތަ؟ މިއޮތީ ފަހި ފުރުޞަތެއް!

ކެބިން ކްރޫ ނުވަތަ ފްލައިޓް އެޓެންޑެންޓަކަށް ވާން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއޮތީ އެކަމަށް އޮތް ވަރަށް ފަހި ފުރުޞަތެކެވެ. އައްޑޫގައި ހުންނަ ދިވެހި ކެބިން ކްރޫ އެކަޑަމީއިން ކެބިން ކްރޫ އެންޓްރީލެވެލް ގެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކަޑަމީން ވަނީ އިޢުލާނު ކޮށްފަ އެވެ.

އަންނަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ކޯހުގައި ކެބިން ކުރޫއަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި ކޯހުގައި ބައިވެރިވުމަށްވެސް އޮތީ ވަރަށް ފަސޭހަ ގޮތެކެވެ. މިކަމަށް ބޭނުންވާ ފަރާތްތަކުން 9958800 މި ނަމްބަރަށް އެސްއެމްއެސް އެސް ކޮށްލަންވީ އެވެ. ނަމާއި، އައިޑީކާޑް ނަންބަރާއި ގުޅޭނެ ނަންބަރެއް އަދި އީ-މެއިލް އެޑްރެސް ލިޔެލުމަށްފަހު އެސްއެމްއެސް ކޮށްލާށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 9958800 ނަންބަރަށް ގުޅާލާށެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމު ސ.ފޭދޫ ގުޑްލުކް ފިހާރައިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ގުޅާ ނަންބަރަށް ގުޅައިގެން، އީ-މެއިލްގެ ޒަރީޢާއިންވެސް ފޯމު ލިބޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޯހަށް ވަނުމުގެ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އޭޕްރީލް 25 ވަނަ ދުވަހެވެ. ކޯހުގެ އެންޓްރީ ފީ އަކީ 5200 ރުފިޔާ އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ