އިންޑިއާގެ ރަހަތަކާ އެކު މީރާ އާއި ފާލިޙް ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާަަަަ މީރާ މުހައްމަދު މާޖިދާއި “މޯލްޑިވިއަން އައިޑޮލް” ގެ ސީޒަން އެކަކުން ވިދާލި އަބްދުﷲ ފާލިހް އިންޑިޔާގެ ރަހަތަކެއް އެކުލެވޭ ހަފުލާއެއްގައި އިއްޔެ ކައިވެނިކޮށްފި އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި މި ހަފުލާ އެއްގަ އެވެ. މީރާ ވަނީ އަތުގައި ހީނާފަތް އަޅައި، ވެޑިން ޑްރެސްއަކަށް ވެސް އިންޑިއާގެ ހެދުމެއް ބޭނުންކޮށްފަ އެވެ. އެއީ ރަތް ކުލައިގެ ޓޮޕަކާއި ކްރީމް ކުލައިގެ ދިގު ސްކާޓެކެވެ. އޭނާގެ މޭކަޕާއި ހެއާ ސްޓައިލް ވެސް ހުރީ އިންޑިއާ ސްޓައިލަށެވެ. ފާލިހް ލައިގެން ހުރީ އިންޑިއާގެ ކައިވެނިތަކުގައި ފިރިހެނުން ލާ ކަހަލަ ކަޅު ކުލައިގެ ޝެރްވާނީއެކެވެ.

މިއީ މީރާގެ ފުރަތަމަ ކައިވެނި ނަމަވެސް، ފާލިހް ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައި ވެ އެވެ. މީރާ އަކީ ލަަވައާއި މިއުޒިކުގެ ދާއިރާގައި މަޝްހޫރު މެޒޯ މޯޑްގެ ދަރިފުޅެވެ.

ޒުވާން ލަވަ ކިޔުންތެރިޔާ ޔާމީން ރަޝީދާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން މީރާ އުޅެފައިވާއިރު، އެ ދެ މީހުން އެންގޭޖް ވެސް ވި އެވެ. އެކަމަކު ފަހުން ވަނީ އެންގޭޖްމަންޓް ރޫޅާލައިފަ އެވެ.

އޭގެ ފަހުން މީރާ ވަނީ މިހާރު އެންމެ މަޝްހޫރު ޒުވާން ބަތަލާ މަރިޔަމް އައްޒަގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އިސްމާއިލް ޖުމައިހް (ޖުމާ) އާ ވެސް ރައްޓެހިވެގެން ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ