ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް ކަޓައިގެން ދިޔައީ ނަބީލް

މޯލްޑިވިއަން އައިޑޮލް ފެެެށިގެން މިހާތަނަށް އައިއިރު، އެއްމެ ބޮޑަށް ފާޑުކިޔުންތެރިން ބުނަމުން އައި އެއް ވާހަކައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޫނާ (ޒޫނާއްތަ) ގެ ދަރިފުޅު ނަބީލް އަށް ޖަޖުން ފޭވަރ ކުރަމުން އަންނަ ވާހަކަ އެވެ. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތްނަމަވެސް، ރޭގެ ޝޯވް އިން ނަބީލް ކަޓައިގެން ދިޔުމުން މިިވަނީ ބެލުންތެރިންނާއި ޖަޖުންނަށްވެސް ސިހުން ލިބިފައެވެ.

ސީޒަންގެ ގަދަ ހަޔަކަށް ދެވުނު ބައިވެރިންނަށް އެ ރައުންޑުވެގެން ދިޔައީ ހީކުރި ވަރަށްވުރެ އުނދަގޫ ރައުންޑަކަށެވެ. މި ރައުންޑާ ހިސާބުން މުބާރާތައި ވަކިވާން ރޭ ޖެހުނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތިމަތު ޒޫނާގެ ދަރިފުޅު އަހުމަދު ނަބީލެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔާ ބައެއް މީހުން މިހާރު ސުވާލު އުފައްދަމުން ގެންދަނީ މިއީ އަނެއްކާ ޖަޖުން ޤަޞްދުގައި ކުރިކަމެއް ނޫންބާވައެވެ. ޖަޖުންނަށް ލިބޭ ޚާއްޞަ ބާރުގެ ދަށުން އަލުން އަނބުރާ ޝޯވް އަށް ނަބީލް ގެނައުމަށް ޖެހި ރޮކެޓެއް ނޫންބާވައެވެ.

އެހެން ނަމަވެސް ނަބީލު ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން އޭނާއަށް މާކްސް ލިބުމުންނެވެ. ކޮންމެއަކަސް ނަބީލް ވަކިވުމުން މޯލްޑިވިއަން އައިޑޮލް ދެވަ ސީޒަންގެ ގަދަ ފަހެއް މިހާރު މިވަނީ ކަށަވަރުވެފަ އެވެ. ގަދަ ފަހެއްގައި ހިމެނެނީ:-

ހަމޫދު އަޙްމަދު
އިބްރާހިމް ވަޙީދު (ބޮޑުބެ)
ޢަބްދުﷲ ހިޝާން
ޝަމްވީލް މުޙައްމަދު
މުޙައްމަދު ތަސްނީމް (ބޮބް)

ނަބީލް މި ރައުންޑުގައި އިއްޔެރޭ ހުށަހަޅައިދީފައިވަނީ ފެންތަށި ހަލީލްގެ “ރީތި ރާއްޖެ ވައިފެން މީ” މި ލަވަ އެވެ. ނަބީލް އަށް އެރޭ ޖަޖުން ވަނީ ރަނގަޅު ކޮށްލަން ޖެހޭ ކުދި ކުދި ތަންތަން ކޮޅު ބުނެދީފައިވެ އެވެ.

ގަދަ ހައެއްގެ އެލިމިނޭޝަން ޝޯގައި ޖަޖު އައްފާނެއް ނުފެނެ އެވެ. އައްފާންގެ ބަދަލުގައި ރޭގެ ޝޯއިން ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަންގެ ޖަޖު އަޙްމަދު އިބްރާހީމް (އައްމަޑޭ) އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ