މީ ލޯތްބަކީ ގެ ޓްރެއިލަރ ބަލާނިމުނުއިރުވެސް ހީނހީނ ހަލާކު!

ޑާކްރެެއިން އެންޓަޓެއިންމަންޓުން އުފެއްދި ދެވަނަ ‘ރޮމޭންޓިކް ކޮމެޑީ’ މީ ލޯތްބަކީ މިހާރު މިވަނީ ރިލީޒްކޮށްފަ އެވެ. ފިލްމު ބަލަން ފުރަތަ ޝޯވް އަށް ދިޔަ މީހުން ބުނަނީ އެއީ ރަނގަޅަށްވެސް ހެއްވާ މަޖާކޮށްލި ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. ހެއްވާ މަޖާ އެތައް ކަމެއް ފެނިގެން ދިޔަ ކަމަށެވެ.

ފިލްމު ބަލައިލެވޭނެ ވަގުތެއްގެ އިންތިޒާރުގައި ހުއްޓާ ޑާކްރެެއިން އެންޓަޓެއިންމަންޓުން މިވަނީ ފިލްމުގެ މޭކިންގ ވީޑިއޯ ޢާއްމުކޮށްފައެވެ. ޢާއްމުކޮށް ފެންނަ މޭކިންގ ވީޑިއޯތަކާއި ޚިލާފަށް މި ވީޑިއޯގައި ފިލްމުގެ ޓެކްނިކަލް ކަންތައްތަކުގެ ވާހަކަތަކާއި ފޮނި އަނގަ ތެޅުމެއް ނެތެވެ. ފިލްމުގައި ޙަރަކާތްތެރިވާ ތަރިންގެ އިންޓަރވިއުތަކެއް ގެނެސްދީފައިވަނީ ‘މަޖާ ފިލްމެއްގެ ސިފައިގަ’ އޭ ވެސް ބުނެވިދާނެއެވެ. ގައިމުވެސް މޭކިން ވީޑިއޯ ބަލައި ނިމުނުއިރު އަޅުގަނޑަށް އިނދެވުނީ ހީނހީން ބަނޑުގައި ގޮށްލާވަރު ވެފަ އެވެ. 

ޢަލީ ޝިފާޢު އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަށް ނަން ދީފައިވަނީ ފިލްމުގެ ޕްރޮޑިއުސަރ މޮގަރ ގެ ތުއްތު ދަރިފުޅު ކައިނީ އެވެ.

https://web.facebook.com/darkrainentertainment/videos/1327201177359534/  މޭކިންގ ވީޑިއޯ ލިންކް

ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ. އަދިވެސް ސަޕޯޓިންގެ ކާސްޓުންގެ ގޮތުގައި ގިނަ ބަޔަކު ފެނިގެންގޮސްފައިވެ އެވެ. މި ފިލްމާއެކު އަނެއްކާވެސް ޑާކްރެއިން އެންޓަޓެއިންމަންޓުންވަނީ އިތުރު އާ ތަރިންތަކެއް ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްފަ އެވެ.

ފޭސްބްކް ކޮމެންޓްސް

ޝެއަރ ކުރޭ:

އަޙްމަދު ރަޝީދު

ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.

ޝެއަރ
ޝެއަރ